logo
Bank of Maldives

Bank of Maldives

ޚަބަރު

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ނައިބުރައީސް ހުޅުއްވައިދެއްވައިފި

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2025 - 10:00
 "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ނައިބުރައީސް ހުޅުއްވައިދެއްވައިފި

ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ. މި އުފެއްދުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ ޛޫޝާން ކަމާލުއްދީނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.

ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ޚިދުމަތްތައް ޤައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދަވައި، ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ބައްދަލުކުރި މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 10 ގަޑިއިރު ކުރިން "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ނައިބުރައީސް ހުޅުއްވައިދެއްވައިފިޚަބަރު | 8 ދުވަސް ކުރިންސުލްހަވެރި އެއްވުމެއްގެ ނަމުގައި އެމްޑީޕީން ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބުރައީސްޚަބަރު | 11 ދުވަސް ކުރިންސަޢޫދީ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 މަސް ކުރިން