ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހެއްގެ ބަންދަށް 15 ދުވަސް
.jpg&w=3840&q=75)

04 ޖުލައި 2025 - 10:18
ދަރުބާރުގޭގެ ގޯތިތެރޭގައި ހުރި ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
މީނާ އަކީ މިފަދަ ކުށްތަކުގައި ކުރިންވެސް ތަކުރާރުކޮށް ހައްޔަރުކުރެވިފައިވާ މީހެކެވެ. މިގޮތުން 2021 އަދި 2023 ވަނަ އަހަރު، އަދި 2024 ވަނަ އަހަރު ދެފަހަރެއްގެ މަތިން ވައްކަމުގެ މައްސަލަތަކުގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރަން އުޅެފައެވެ. ބަންދު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ކަރަންޓު ނަރު ބުރިކުރަން އުޅެނިކޮށް ފެނި، ހުއްޓުވަން އުޅުމުން ފިލަން މަސައްކަތްކުރި ނަމަވެސް، އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އޭނާ ވަނީ ހުއްޓުވާފައެވެ. މީގެއިތުރުން، ކުށުގެ ވެށިން ކަޓަރަކާއި ރެންޗެއް ފެނިފައިވާ ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
10 މަސް ކުރިން
ބޮކްސާ ތެރެއިން ޑްރަގް ފެނުނު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު އަދަބެއް
10 މަސް ކުރިން
އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެން ގެނައި އެކަކު ދޫވެއްޖެ
9 މަސް ކުރިން