logo
Bank of Maldives

Bank of Maldives

ޚަބަރު

އަޑުބަރޭގެ މައްޗަށް ޖިނާއީ ތިން ދައުވާއެއް އުފުލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2025 - 19:11
Screenshot
Screenshot

ރާއްޖޭގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ތިން ދައުވާއެއް އުފުލައިފި އެވެ.

މި ދައުވާތަކާ ގުޅޭ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޑުބަރޭގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އަނިޔާދިނުމުގެ ދައުވާއާއި، މުދަލަށް ގެއްލުންދިނުމުގެ ދައުވާއާއި، މީހަކަށް އަނިޔާއެއް ދިނުމަށް ބިރުދެއްކުމުގެ ދައުވާ ހިމެނެ އެވެ.

ނަމަވެސް، މި ދައުވާތަކަކީ ކޮން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އަސްހަދަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި ފާހަގަކުރެވޭ މީހެކެވެ. މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށްހުރެ ޢަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ބަލަމުން އަންނަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރަން ޖާމިނުވިީ ވެސް އަޑުބަރޭ އެވެ.

އެ މައްސަލައިގައި އަލީ ވަހީދު ޝަރީއަތަށް ހާޒިރުކޮށް ނުދިނުމުގެ ސަބަބުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުއްޓާ އަސްހަދު 15 ދުވަހަށް ޖަލަށް ވެސް ލިޔެވެ. އަސްހަދު ޖަލުން މިނިވަންވީ 2022 މާޗު 6 ގަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމުގެ ތުހުމަތުޚަބަރު | 2 ދުވަސް ކުރިންފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ޚަބަރު | 19 ދުވަސް ކުރިންތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށްޚަބަރު | މަހެއް ކުރިން