logo
E-Platinum
ޚަބަރު

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު: ސައުދުﷲގެ މި ތިން މިސާލުން ވެސް ބިލުގެ މުހިންމުކަން ބުނެދޭ!

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ޖުލައި 2025 - 01:32
ރެފަރެންޑަމް ބިލު: ސައުދުﷲގެ ދެ މިސާލުން ވެސް ބިލުގެ މުހިންމުކަން!

ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ފަލާޙް މަޖިލީހަށް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގެ އިބުތިދާއީ ބަހުސް ވަނީ އިއްޔެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައެވެ.

މި ބިލުގެ މުހިންމުކަން މި ބިލަށް ވާހަކަދެއްކެވި ޕީޖީ ލީޑަރ ފަލާހާއި، މަޖިލީހުގެ ނައިބު އަހްމަދު ނާޒިމާއި، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދެއްވާފައެވެ.

މީގެ ތެރޭގައި މެމްބަރު ސައުދުﷲގެ ވާހަކާގައި މި ބިލުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނުގުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިދީފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގިދާނެ ވަކި ކަންތައްތަކެއް މީގެ ކުރީން ޤާނޫނުއަސާސީގައި ލިޔެވިފައި އެބައޮތް ކަމަށާއި، 19 ވަނަ މަޖިލީހުން ވެސް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަަސައްކަތްތަކެއްކޮށް ވަކި ހިސާބަކަށް މަސައްކަތް ގެންގޮސްފައިވާކަން ސައުދުﷲ ވަނީ ފާހަގަކުރަށްވާފައެވެ.

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުހިންމުކަން ދޭހަވާ ތިން މިސާލެއްގެ ފާހަގަކުރަށްވަމުން ސައުދުﷲ ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި އޮތް ބަޔެއް ދޫކޮށްލިއިރު، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔަނަމަ، އެބައި ދޫކޮށްލަން ނުފެންނަކަމަށް ރައްޔިތުންގެ 100 އިންސައްތަ ތާއީދު ލިބޭނެކަމަށް ސައުދުﷲ ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެކަމުގައި ރައްޔިތުންގެ ޚިޔާލު ނުހޯދީ ކީއްވެބާވައޭ ހިތައް އަރާވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ސައުދުﷲ ފާހަގަކުރެއްވީ ރާއްޖެ އަށް ސިޔާސީ ޕާޓީ ތަޢާރަފް ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ނުހޯދުމެވެ. އެއިރު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔަނަމަ ރައްޔިތުންގެ ސީދާ ބަސް އެކަމުގައި އޮތީސްކަމަށް އޭނާ ވިދާޅުވިއެވެ. ސައުދުﷲ ވިދާޅުވިގޮތުގައި ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްކޮށްގެން ލިބުނު ފައިދާއަށްވުރެ ލިބުނު ގެއްލުން ބޮޑުކަމަށް މިހާރުވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އިޖުތިމާއީ، ޢާއިލީ ކަންކަމުގައި ގުޅުންތައްކެނޑި ޚިޔާލްތަފާތުވުންތައް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުފެދިގެން ގޮސްފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ ޕާޓީތައް ހެދުމަކީ ރަނގަޅުކަމެއްކަމަށްވުރެ ރަނގަޅުނޫންކަމެއްކަމަށް ދެކޭ މީހުން ގިނަކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ. ނަމަވެސް ސިޔާސީ ޕާޓީތައް ވެސް އެއީ އުފައްދަންޖެހޭ އެއްޗެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ތިންވަނަ މިސާލަކަށް އޭނާ ނެންގެވީ ދައުލަތުން ބޮޑު ޚަރަދެއްކޮށްގެން ހިންގާ ލާމަރުކަޒީ ނިޒާމެވެ. އެއީ ވެސް ރައްޔިތުންގެ ޚިޔާލު ހޯދާލަން ޖެހިއްޖެ ހާލަތެއްގައި ޚިޔާލު ހޯދާލަން ރަނގަޅުކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވެސް ވަރަށްގިނަ ރައްޔިތުން އެކަމާމެދު ބަހުސްކުރަމުން އަންނަކަމެއްކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.

''ލާމަރުކަޒީ އުސޫލު އައީމަ ރައްޔިތުންނަށްވީ ފައިދާތޯ ގެއްލުންތޯ؟ އެއީ ހަމަކުރާ ސުވާލެއް، ވަރަށް ގިނަ ފައިސާ އިސްރާފުވެގެންދާއިރު އޭގެ ފައިދާ ރައްޔިތުންނަށ ްނޫނީ ދައުލަތަށް ކުރޭތޯ، އެހެންވީމަ މިކަހަލަ ކަންކަމުގައި ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުމަށް މި ބިލުގައި ހިމެނިގެން މިދަނީ'' ސައުދުﷲ ވިދާޅުވެފަވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑް މާކް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 2 ދުވަސް ކުރިންފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީޚަބަރު | 2 ދުވަސް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފިޚަބަރު | 3 ދުވަސް ކުރިންއުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށްޚަބަރު | 3 ދުވަސް ކުރިން