logo
E-Platinum
ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފި

ހުސައިން ވަސީމް
14 ޖުލައި 2025 - 05:40
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް  މިއަދު ފޮނުވައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ 23 ޖުލައި 2020ގައެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ ދައުރަކީ 5 އަހަރު ދުވަހެވެ. ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު މި މަހު ހަމަވާއިރު އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅުއްވީ ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އުފެއްދި މަގާމެކެވެ. އެ މަގާމަށް ހާއްސަ އޮފީހެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ނިއުމާތު ޝަފީގަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މަސައްކަތް ކުރާ ދައުލަތުގެ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތް މައްސަލަތައް ތަހުގީގު ކުރުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނީޓާކޮށް އިވޭލުއޭޓް ކުރުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދެނެގަތުން ހިމެނއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑް މާކް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | ދުވަހެއް ކުރިންފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީޚަބަރު | ދުވަހެއް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިންއުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށްޚަބަރު | 2 ދުވަސް ކުރިން