logo
E-Platinum
ޚަބަރު

ފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީ

އާމިނަތު ޝަފާ
15 ޖުލައި 2025 - 04:06
ފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީ

ފިކުރީ މުދާ ޙިމާޔަތްކުރުމަށް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އާ އޮފީހެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް، ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ވިޔަފާރީގެ ދާއިރާގައި، ފަންނުވެރިކަމާއި، އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުންކަމަށެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ އެ ދާއިރާ ކުރިއަރުވައި ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާރކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވައި ތަންފީޛުކުރުމަށްޓަކައި، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންޖެހެއެވެ. މި އޮފީސް ހިންގަމުންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ.


މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގައި ތެރޭގައި ހިމެނެނީ:


(ހ) ފިކުރީ މުދާ ރަޖިސްޓަރީކުރުން.

(ށ) ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލާބެހޭ ދަފުތަރެއް އެކުލަވާލައި، އަދާހަމަކޮށް، ބެލެހެއްޓުން.

(ނ) ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް، ބަދަހިކުރުމާއެކު އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.

(ރ) ފިކުރީ މުދަލާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން

(ނ) ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.

(ރ) ފިކުރީ މުދަލާ ގުޅޭގޮތުން، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން، ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

(ބ) ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން، ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.

(ޅ) ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

މީގެ އިތުރުން މި ބިލުގެ ދަށުން ފިކުރީ މުދަލުގެ ދަފްތަރެއްވެސް އެކުލަވާލައި ބަލަހައްޓަންޖެހެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑް މާކް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | ދުވަހެއް ކުރިންފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީޚަބަރު | ދުވަހެއް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިންއުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށްޚަބަރު | 2 ދުވަސް ކުރިން