logo
E-Platinum
ޚަބަރު

ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު ދިރާސާކުރަން ކޮމިޓީއަށް

އާމިނަތު ޝަފާ
9 ޖުލައި 2025 - 11:00
ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު ދިރާސާކުރަން ކޮމިޓީއަށް

ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން "ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. 

މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށެވެ. މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.  އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.

ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:

  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
    - ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
    - ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
    - ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
    - ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
    - ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ

 

ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތްތަކުގައި އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވޯޓުނެގިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގުކުރުމުގެ ކުރީން އެ ބިލަކާއި މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އާންމު ވޯޓު ނެގުމުގެ އިހުތިޔާރު ރައީސް ބޭނުންކުރައްވަން ވާނީ މި ގާނޫނުގެ ދަށުން ބަޔާންކުރާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވަނީ ރައްޔިތުންގެ ހިޔާލުހޯދުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކެގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެ ކަމަށާއި ގައުމީ މުހިންމު މައްސަލަތަކުގައި އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސްއަށް ފެންނަ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މި ގާނޫނުގެ ދަށުން ރައީސްއަށް ނިންމިދާނެ ކަމަށެވެ.

މި ބިލުގައިވާގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މަޖިލީހަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މި ފަދަ ގަރާރެއް ނެރޭ އިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް އާންމު ކުރަން ވާނެކަމަށާއި އަދި އެ މައުލޫމާތު ކަރުދާހުގައި މައްސަލައާ އެއްކޮޅަށް އަދި ދެކޮޅަށް ހުރި ހުއްޖަތުތައް ހިމަނަންވާނެ ކަމަށް ބުނެފައިވެއެވެ. ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެ އެވެ. އަދި ގިނަވަގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަންވެސް ބިލުގައިވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާކުރުމަށްފަހު ގާނޫނަކަށް ވެގެންދާނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑް މާކް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 2 ދުވަސް ކުރިންފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީޚަބަރު | 2 ދުވަސް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފިޚަބަރު | 3 ދުވަސް ކުރިންއުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށްޚަބަރު | 3 ދުވަސް ކުރިން