logo
E-Platinum
ޚަބަރު

ސަމާލުވޭ! ޕިޝިންގ ލިންކެއް ފޮނުވައިގެން ޓެލެގްރާމް ހެކްކުރުން އިތުރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖުލައި 2025 - 17:02
ސަމާލުވޭ! ޕިޝިންގ ލިންކެއް ފޮނުވައިގެން ޓެލެގްރާމް ހެކްކުރުން އިތުރުވަނީ

ދިވެހިރާއްޖޭގައި ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް، ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް އެކައުންޓް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ޚާއްސަކޮށް "ފޮޓޯތަކެއް ނުވަތަ ވީޑިއޯތަކެއް ހުރިކަމަށް" ބުނެ ފޮނުވާ ލިންކުތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން ދީފައިވާ އިރުޝާދުތައް ކިޔާލައި، ސަމާލުވެ ފިޔަވަޅު އަޅާށެވެ.

ވަނީ ކިހިނެއް؟

މި ސްކޭމް ހިންގުމުގައި ސްކޭމަރުން އަމަލުކުރާ ގޮތްތަކަށް ބަލާއިރު، އެންމެ ފުރަތަމަ އަންނަނީ ޓެލެގްރާމް މެދުވެރިކޮށް އިތުބާރުކުރެވޭ ފަރާތެއް ނުވަތަ ގާތް ރައްޓެއްސެއްގެ ނަމުގައި މެސެޖެކެވެ. މި މެސެޖުގައި އަންނަ ލިންކަކީ އެއްވެސް ޝައްކެއްނެތް ބީދައިން ފަރުމާކުރެވިފައިވާ ލިންކެއްކަމަށް ފާހަގަކުރެވެއެވެ. މި ލިންކަށް ފިތައިލުމުން، ބޭނުންކުރާ ފަރާތުގެ ފޯނު ނަންބަރު ޖެހުމަށް އެދެއެވެ. އެއަށްފަހު، އެ ނަންބަރަށް އަންނަ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ހިއްސާކުރުމަށް އެދެއެވެ.

މި އޯޓީޕީ ހިއްސާކޮށްފިނަމަ، ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދެއެވެ. އެގޮތުން ހެކްކުރެވޭ އެކައުންޓުތައް ބޭނުންކޮށްގެން، އެ އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންނަށްވެސް މިފަދަ ސްކޭމް ޕިޝިންގ ލިންކުތައް ފޮނުވަމުންދެއެވެ. މިކަމުގެ ސަބަބުން މި ސްކޭމްގެ ޝިކާރައަށްވާ ފަރާތްތަކުގެ އަދަދު އިތުރުވެ، އެކަކު އަނެކަކަށް މި ލިންކުތައް ފެތުރިގެންދާގޮތް ވަނީ ވެފައެވެ.

Screenshot 2025-07-10 215654.png

 

ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ވަގުތުން ތިރީގައިވާ ކަންތައްތައް ކުރުމަށް އިލްތިމާސްކުރެއެވެ:

ޓެލެގްރާމް އެޕްލިކޭޝަން ފޯނުން އަންއިންސްޓޯލްކުރުން.

އެއަށްފަހު އަލުން ޓެލެގްރާމް އެޕްލިކޭޝަން އިންސްޓޯލްކޮށްލާށެވެ.

ޓެލެގްރާމް އަލުން އެކްޓިވޭޓްކުރުމަށްފަހު، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

ޓެލެގްރާމް އެކައުންޓް ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މިކަންކުރުމަށް:

ޓެލެގްރާމް ސެޓިންގްސްއަށް ދާށެވެ.

"ޕްރައިވަސީ އެންޑް ސެކިއުރިޓީ" (Privacy & Security) ހޮވާށެވެ.

"ޓޫ-ސްޓެޕް ވެރިފިކޭޝަން" (Two-Step Verification) އަށް ގޮސް އެކްޓިވޭޓް ކުރާށެވެ.

ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރާށެވެ.

ރިކަވަރީ އީމެއިލް އެޑްކުރާށެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ސައިބަރ ސެކިއުރިޓީއާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ސަމާލުކަން ބެހެއްޓުމަކީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީން އަދިވެސް ނުފެނޭ!ޚަބަރު | 10 ގަޑިއިރު ކުރިންސަމާލުވޭ! ދުބާއީ ޕޮލިހާއި ސީއައިޑީ ފަދަ ނަންނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަނީޚަބަރު | 10 ގަޑިއިރު ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިޚަބަރު | ދުވަހެއް ކުރިންވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިން