logo
ޚަބަރު

ހައިވޭގައި ވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޖުލައި 2025 - 02:20
ވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ހައިވޭގައި ރޭ ވޭނަކާއި ސައިކަލެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހައިވޭގެ ހަތަރު ލޭނު އޮންނަ ހިސާބުގައި ވޭނެއް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގައި ޖެހިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ 22:49ހާއިރެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، އެ ދެ މީހުންނަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޖުލައި 13 ވަނަ ދުވަހު ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ވެސް ބޮޑު އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެގޮތުން، ބާރަށް ދުއްވަމުން ދިޔަ ސައިކަލެއް، މަގު ހުރަސް ކުރަން އުޅުނު މީހަކާއި ޕިކަޕެއްގައި ޖެހި، ހިނގި މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ނިޔާވެފައިވާއިރު، ސައިކަލުގައި ދެން އިން 16 އަހަރުގެ ކުއްޖާއާއި މަގު ހުރަސް ކުރި 40 އަހަރުގެ މީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މި ދެމީހުންގެ ތެރެއިން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނި ފުލުހުންނަށް 1615 އެކްސިޑެންޓްގެ މައްސަލަ ހުށަހެޅިއިރު، 2023 ވަނަ އަހަރު އެފަދަ 2885 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި، މި އަހަރުގެ މިހާތަނަށް (ދެބައިވިއިރު) އެ އަދަދު 1614 އަށް އަރައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 3 މީހަކު ހޯދަނީ ޚަބަރު | 16 ގަޑިއިރު ކުރިންތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިޚަބަރު | 17 ގަޑިއިރު ކުރިންވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި ޚަބަރު | 2 ދުވަސް ކުރިން