logo
E-Platinum
ޚަބަރު

އަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީ

އާމިނަތު ޝަފާ
11 ޖުލައި 2025 - 07:21
އަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީ

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ތިން ފުލުހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތް ކުރާ ތިން ފުލުހަކު ރެއިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ.

އޭގެ ތެރެއިން އެއް ފުލުހަކަށް އައިސީޔޫގައި ވެސް ފަރުވާ ދިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިހާރު އެ ހުރިހާ ފުލުހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ރޯވެފައިވަނީ އެންސިސްގެ ގުދަނެއްގައެވެ. އަދި އެ ގުދަންގައި ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 18:48 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔާ އެންޑް ރެސްކިއު ސާވިސްއިންވަނީ އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

ރޯވި އެއްކޮށް ނިއްވާލެވިފައިވަނީ ރޭ މެންދަމު ތިނެއް ޖެހިފަހުންކަމަށް މައުލޫމާތުލިބެއެވެ. މި ހާދިސާގައި ރޯވީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މާދަމާ ފަށަނީ، ވަޒަން ދަތުރުކުރާނީ 980 ފޫޓު މަތިން ޚަބަރު | ދުވަހެއް ކުރިންފީނަން ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 5 ދުވަސް ކުރިންއަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީޚަބަރު | 7 ދުވަސް ކުރިން