logo
E-Platinum
ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މާދަމާ ފަށަނީ، ވަޒަން ދަތުރުކުރާނީ 980 ފޫޓު މަތިން

އަޙްމަދު ޒަލީފް
16 ޖުލައި 2025 - 12:04
---
---

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 24 ގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް 6:00 އިން 17:30 އަށެވެ.

 މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ވަކި އުސޫލެއްގެ ދަށުން އެމްއެންޑިއެފްއިން ދޭތެރެ ދޭތެރެއިން އެއްގަމާއި ކަނޑުގައި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދެއެވެ. މިއިން ކޮންމެ އަސްކަރީ ތަމްރީނެއްވެސް ބޭއްވުމުގެ ކުރިން އަބަދުވެސް އެކަމުގެ މައުލޫމާތު ދުރާލާ އާންމުކޮށް އިއުލާނުކުރެއެވެ.

އެގޮތުން ފަސް ދުވަހުގެ މުއްދަތަށް ކަނޑުމަތީގެ އަސްކަރީ ތަމްރީންތަކެއްވެސް މި އަހަރުގެ އެޕްރީލް މަސްތެރޭގައި އެ އެމްއެންޑީއެފުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މާދަމާ ފަށަނީ، ވަޒަން ދަތުރުކުރާނީ 980 ފޫޓު މަތިން ޚަބަރު | ދުވަހެއް ކުރިންފީނަން ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 5 ދުވަސް ކުރިންއަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީޚަބަރު | 7 ދުވަސް ކުރިން