logo
E-Platinum
ޚަބަރު

އަޙްމަދު ޒަލީފް
15 ޖުލައި 2025 - 10:05
މިވެރިކަން ފެށުނު އިރު އެއާރޕޯޓް ޓާރމިނަލްގެ މުޙިއްމު މަސައްކަތްތައް ހުރީ ނުވެސް ފެށި - ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ރައްޔިތުންގެ އަޑު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 ހަމައެކަނި ޓާމިނަލްގެ އިމާރާތުން ނިމުނީ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޓާމިނަލް އޮޕަރޭޝަނަށް ގެންނަނަމަ ކުރަންޖެހޭ އެތައް ކަމެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ޓާމިނަލްއަށްދާން އޮންނަ މަގު ކަމަށެވެ. އެއިރު މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ. 

އައު ފަސިންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޓަރމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތައް ތަރައްޤީކުރާއިރު ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭކަމަށެވެ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އެއްވެސް ބަޔަކާއި ހަވާލުކޮށްފައި ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އައު ޓަރމިނަލަކީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ތަނެއްކަމަށެވެ. އައު ފަސިންޖަރ ޓަރމިނަލާއެކު އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށާއި، އެއަރޕޯޓަށް އަންނަ ކޮންމެ ކުރިއެރުމަކީ ހުރިހައި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސިފަކުރެއްވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފި ޚަބަރު | 2 ގަޑިއިރު ކުރިންރައީސް ޑރ މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިޚަބަރު | ދުވަހެއް ކުރިންނިޔާވި 15 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ ފޮނުވައިފި ޚަބަރު | ދުވަހެއް ކުރިންމިވެރިކަން ފެށުނު އިރު އެއާރޕޯޓް ޓާރމިނަލްގެ މުޙިއްމު މަސައްކަތްތައް ހުރީ ނުވެސް ފެށި - ރައީސް ޚަބަރު | ދުވަހެއް ކުރިން