logo
E-Platinum
ޚަބަރު

ރައީސް ޑރ މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
ރައީސް ޑރ މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެއެވެ.

މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިޚަބަރު | 13 ގަޑިއިރު ކުރިންނިޔާވި 15 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ ފޮނުވައިފި ޚަބަރު | 15 ގަޑިއިރު ކުރިންމިވެރިކަން ފެށުނު އިރު އެއާރޕޯޓް ޓާރމިނަލްގެ މުޙިއްމު މަސައްކަތްތައް ހުރީ ނުވެސް ފެށި - ރައީސް ޚަބަރު | 18 ގަޑިއިރު ކުރިންވެލާނާ އެއާޕޯޓްގެ އައު ޓަރމިނަލް މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢު: ރައީސް ޚަބަރު | 19 ގަޑިއިރު ކުރިން