logo
E-Platinum
ޚަބަރު

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރަނީ

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރަނީ

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މަހިބަދޫގެ ކުންފުންޏެއްކަމަށްވާ މެޓްސްއާއެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް މެޓްސް ކުންފުންޏާ ހަވާލުކުރުމަށް އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ޢަލީ ނަސީރެވެ. މެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް، ޢަލީ ރިޒާއެވެ. 

މި މަސައްކަތް މެޓްސްއާ ހަވާލުކޮށްފައިވަނީ 1މަސް ދުވަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރާގޮތަށެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލްގައި ހިމަނައި ބަޖެޓް ކޮށްފައިވާ މަސައްކަތެކެވެ. 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރަނީ ޚަބަރު | 10 ގަޑިއިރު ކުރިންހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 13 ދުވަސް ކުރިންޝަމްއާންގެ ޝަރީއަތް ކުރިއަށް، އެކަކު ކުށަށް އިއުތިރާފުވެ އެއްބަސްވުން ހަދައިފިޚަބަރު | 15 ދުވަސް ކުރިންއައްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 20 ދުވަސް ކުރިން