މޫދަށް ފައިބާ އުޅެނިކޮށް މަރުވި ސިންގަޕޫރު ކުއްޖާގެ ތަހުގީގަށް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފިި
19 ޖުލައި 2025 - 10:58

ސިންގަޕޫރް ސުކޫލް ދަރިވަރުންތަކެއް ރާއްޖެއައިސް އދ ދިގުރަށް ކައިރިއަށް ފީނަން ފައިބައިގެން އުޅުނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި މަރުވި ކުއްޖާގެ ތަހުގީގަށް ދިވެހި ފުލުހުން އެ ދަތުރުގައި ބައިވެރިވި ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.
ފުލުހުން ބުނީ އެމައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ސިންގަޕޫރަށް ގޮސް އެދަތުރުގައި ބައިވެރިވި ކުދިންނާ ޓީޗަރެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ފުލުހުންގެ ޓީމެއް މިމައްސލައިގެ ތަހުގީގަށް ސިންގަޕޫރަށ ްގޮސްފައިވަނީ މިދިޔަ މެއި މަހ އެވެ.
މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހާއި ކަމާ ގުޅުން ހުރި އިދަޜަރާތައް ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ތަހުގީގަަކަށް ފަހު، އެކަމާ ގުޅޭ ރިޕޯޓު ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިދިޔަ އަހަރުގެ 8 ނޮވެމްބަރުގައި ހިނގި ހާދިސާގައި މަރުވެފައިވަނީ، ފެހުރިހީގެ ދިރާސާއަކަށް ސިންގަޕޫރުން އައިސް އުޅުނު 15 އަހަރުގެ ޖެންނާ އެރިއާނޭ ޗެން ޒީއެން ނަމަކަށް ކިޔ ާއަންހެން ކުއްޖެކެވެ. އެކުއްޖާ މަރުވީ "ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން" ކަމަށެވެ. ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް އދ ދިގުރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެކުއްޖާ މަރުވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އެ ކުއްޖާ މަރުވީ މޫދަށް ފޭބުމަށް ފަހު ދޯނި ފަހަތަށް ޖެހި ވަގުތު ބުރަފަތީގައި ޖެހިގެންނެވެ.
އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދައްގޮސް ފީނަން އުޅުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް ވަނީ ގިނަވެފައެވެ. އެހެންވެ ސަރުކަރުން ވަނީ މި ފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަޙައްދައްދާ އުޅަނދުތަކުގައި ބުރަފަތީގައި ގާޑް އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
ސަމްޕާ މެނޭޖްކުރާނެ ގޮތުގެ ޕްލޭނުގައި ވަނީ ފެހުރިހި ބަލަން ސަމްޕާ އަށް ދާ ކޮންމެ އުޅަންދެއްގައި ސަލާމަތީ ގޮތުން އެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހެ އެވެ. ފެހުރިހި ބަލަން މޫދަށް ފޭބޭނީ އެންމެ ކައިރި އޮންނަ ހަތަރު އުޅަނދުންނެވެ އަދި ފެހުރިހި ބެލުމަށް އެންމެ ގިނަވެގެން މޫދުގައި ތިބެވޭނީ 60 މީހުންނަށް ކަމަށް އެ ޕްލޭންގައި ބުނެފައިވެ އެވެ.