logo
Bank of Maldives

Bank of Maldives

ޚަބަރު

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވައިގެ ސަރަހައްދު ބަންދު ކުރަނީ

ނުހާ އަޙްމަދު
20 ޖުލައި 2025 - 10:50
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވައިގެ ސަރަހައްދު ބަންދު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރަސްމިޔާތަށް ދޮޅުގަޑި އިރަށް ވައިގެ ސަރަހައްދު ބަނދު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނިންމައިފި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ލަމްއާން "މެންދުރު ޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ ،އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނަ ރޭ 20:30 އިން 22:00 އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށާއި، މި ގަޑި ހޮވާފައިވަނީ އާންމުކޮށް ރާއްޖެއަށް ފްލައިޓުތައް ނުޖައްސާ ވަގުތަކަށް ވާތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަމްއާން ވިދާޅުވީ، ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ހަރަކާތްތައް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސްކްރީން ބަހައްޓައިގެން ބަލައިލެވޭނެ އިންތިޒާމު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އައްޑޫގައި ވެސް ހަމަޖައްސާނެ ކަމަށް ލަމްއާން ވިދާޅުވިއެވެ. އަދި މާލެއިން އެއާޕޯޓް ފެންނަ ސަރަހައްދު، ސީހައުސް އިން ފެށިގެން ކާނިވާ ސަރަހައްދާ ދެމެދުގައި ހުންނަ ކެފޭތަކުން ވެސް މި ރަސްމިއްޔާތު ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ލަމްއާންވަނީ ވިދާޅުވެފައެވެ.

ލަމްއާން ވިދާޅުވީ، ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރި ނަމަވެސް، ފްލައިޓްތަކުގެ ޗެކިން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ރޭ 7:00 އިން ފެށިގެން ޗެކިން ވުމަށް ދާ ފަސިންޖަރުން ޕޮލިސް ޗެކް ޕޯސްޓާ ހިސާބުން ޓާމިނަލަށް ގެންދާނީ އެމްއޭސީއެލްގެ ވެހިކަލްތަކުގައި ކަމަށް ވެސް ލަމްއާން ވިދާޅުވި އެވެ.

"އާންމުންނަށް ފުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނަން" ލަމްއާން ވިދާޅުވި އެވެ.

ލަމްއާން ވިދާޅުވީ، ވައިގެ ސަރަހައްދު ބަންދުކުރެވޭ ވަގުތުގައި ވެސް އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތައް އާދައިގެ މަތިން ކުރިއަށްދާނެ ކަމަށެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކަށް ވާނެ ކަމަށާއި، ރަސްމިއްޔާތުގައި ހިމެނޭ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހަވާއެރުވުމާއި ޑްރޯން ޝޯއެއް ހިމެނޭނެ ކަމަށް ލަމްއާން ވިދާޅުވިއެވެ. އަދި އެ ރަސްމިއްޔާތަކީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވއެފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އައު ޓާމިނަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | 2 ދުވަސް ކުރިންނިލަންދޫ އެއަރޕޯޓު ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންއެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް ޚަބަރު | 12 ދުވަސް ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 12 ދުވަސް ކުރިން