-01-40bb8a38.jpg)

މިނިވަން ދުވަހާ ގުޅިގެން ވަކި ވަގުތުތަކެއްގައި ވެހިކަލްތަށް ނުދުއްވޭ ގޮތަށް ފުލުހުން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.
ފުލުހުން އެކްްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަހުގެ 26 ވަނަ ދުވަހު 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން މިހާރު ވަނީ ބާތިލުކޮށްފައި ކަމަށާއި، އެހެންކަމުން، ކުރިން ކުރިއިއުލާނުގައި ބުނެފައިވާ ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމަށެވެ.
މި މަހުގެ 24 ވަނަދުވަހު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ އޮންނާނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސްގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތްތަކަށްކަމަށެވެ. އެހެން ނަމަވެސް މި ބަދަލު މިހާރު ވަނީ ބާތިލްކޮށްފައެވެ.



