-01-40bb8a38.jpg)
ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގެ ތަހުގީގަށް ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން 242 ވޭޕް ފްލޭވާ ފުޅި އަތުލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރޭ 21:14 އެހާކަންހާ އިރު ހުޅުމާލޭ ފޭސް2 އިން ގެވެށިއަނިޔާ ގެ މައްސަލަ އެއް ފުލުހުންނަށް ރިޕޯޓުކުރި މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓުގެ އެޕާޓްމެންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިވަފައިވާ ކަމަށެވެ.
މި މައްސަލާގައި 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.






-d9868dfe.jpg)