-01-40bb8a38.jpg)

ހުަލުމާލެ ދެވަނަ ފިޔަވަހީގައި ހުންނަހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 8:32 ހާއިރު މިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށައި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓުނީ އަށްވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގުކުރަމުންނެވެ.



