-01-40bb8a38.jpg)

ސްޓޭޓް އިލެލްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން، ކ. ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޕްރޮގްރާމްތައް ހިންގުމަށް ދެ ފަރާތުން ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ މުވައްސަސާގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝީދެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ.
މި އެއްބަސްވުމުގެ ސަބަބުން ކ.ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެކުލައިވަލާފައިވާ ކަރަންޓު މަސައްކަތްތަކާ ގުޅޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަު، ސްޓެލްކޯ ތުލުސްދޫ އެކަޑެމީގެ ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.
މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.





-3b396fa7.jpg)
-ccd76420.jpg)