-01-40bb8a38.jpg)

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ އަލަތު ދަރިފުޅުގެ ނަން އިއުލާން ކޮށްފިއެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކެޓްރީނާ އަލަތު ދަރިފުޅު ވިހެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ކެޓް އާއި ވިކީގެ އަލަތު ދަރިފުޅަށް ނަން ދީފައިވަނީ ވިކީ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި އޭނާގެ ކެރެކްޓާގެ ނަމުންނެވެ. އެ ފިލްމުގައި ވިކީ އަދާކުރި ކެރެކްޓަރގައި ކިޔާފައިވަނީ 'ވިހާން' އެވެ. އެހެންވެ، ދަރިފުޅަށް ވެސް ކިޔާފައިވަނީ 'ވިހާން' އެވެ.
ކެޓްރީނާއާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ.