-01-40bb8a38.jpg)

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަކަށް އަރައިފިއެވެ.
ފަރަށް އަރާފައި ވަނީ އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާއެވެ. އެ މަނަވަރު އަރާފައި ވަނީ ކ. ހިންމަފުށީ ކައިރި އޮންނަ ފަރަށެވެ.
އެ ފަރުގައި ވިލާ ނޯޓިކާ މޯލްޑިވްސް އަދި ގިލި ލަންކަންފުށި ވެސް އޮވެއެވެ.
ވިލާ ނޯޓިކާ ރިސޯޓްގެ ވޯޓާ ވިލާތަކާ ކައިރިން މަނަވަރު ފަރަށް އެރިއިރު، ގައުމީ ދިފާއީ ބާރު - އެމްއެންޑީއެފްއިން ބުނީ މިހާރު އެ އުޅަނދު ފުންކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
މިފަދަ ހާލަތްތަކުގައި ފަރަށް ލިބޭ ގެއްލުންތަކަށް ބަލައި އުޅަނދުގެ ވެރި ފަރާތް ޖޫރިމަނާކުރެއެވެ.
'ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު'ގެ ދަށުން ޖޫރިމަނާ ކުރުމުގައި ބަލާ ކަންކަމަކީ:






-82346244.png)