-01-40bb8a38.jpg)

ފަތުރުވެރިކަމުގެސިނާއަތުގެ ތަޖުރިބާކާރުންނާއި ބޮލީވުޑްގެ ފަރާތްތައް އެއްތަނަކަށް ގެނެސް މުމްބާއީގައި "މޯލްޑިވްސް-އިންޑިއާ ޓޫރިޒަމް ނެޓްވޯކިން އިވްނިންގް " ބޭއްވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް-އިންޑިއާ ޓޫރިޒަމް ނެޓްވޯކިން އިވްނިންގް" ހަފްލާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފައިސަލް ވިދާޅުވީ ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާއިރު، މިފަދަ މުހިއްމު ފަރާތްތަކުގެ ޙާޒިރީއާއި ވިސްނުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް ވަނީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ބައްދަލުކުރައްވާފައެވެ.މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށްވެސް ރައީސް ވަނީ ދައުވަތު ދެއްވާފަ އެވެ.