-01-40bb8a38.jpg)

ކުޅުދުއްފުށި ސިޓީގައި ގެއްލިގެން ހޯދި މީހަކު އެ ސިޓީގެ ބޮޑަވަކިވާ ބީޗް މޫދު އަޑީގައި އޮއްވާ ފެނިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ މެންދުރު 13:48 އެހައިކަންހާއިރުއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމީހާ ފެނިފައިވަނީ އެދުވަހުގެ ހަވީރު 15:00 އެހައިކަންހާއިރު އެ ރަށު ބޮޑަވަކިވާ ބީޗް ސަރަހައްދުގެ މޫދު އަޑިންނެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ ވަނީ ވަގުތުން ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައެވެ.



