-01-40bb8a38.jpg)

ހދ.ކުޅުދުއްފުށީގައި މިމަހުގެ 16 ވަނަ ދުވަހު ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައި ރުކުން ވެއްޓުނު މީހާ މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ.ނޭކުރަންދޫ އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ހުސއެިން ޝިފާޒްއެވެ.
އޭނާ ވެއްޓިފައިވަނީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށްށެވެ.އޭނާ ވެއްޓިފައިވަނީ 60 އާއި 70 ފީޓުގެ އުސް ރުކަކުން ކަމަށް މައުލޫމާތުލިބެއެވެ.
ޝިފާޒް ނިޔާވިއިރު ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައެވެ. ޝިފާޒްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު މާލޭގެ އާސަހަރަ މިސްކިތުގައެވެ.



