-01-40bb8a38.jpg)
-ad82d883.jpg)
ޑައިވިންއަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންއަށް ދިޔަ ފަސް މީހުން ކަަމަށެވެ. އަދި މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 13:45 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ރިޕޯޓު ލިބުމާއެކު ހޯދުމުގެ މަސައްކަތުން ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާއިރު، ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އިޓަލީގެ ފަސް ފަތުރުވެރިން ކަމަށް ބުނެއެވެ.



