-01-40bb8a38.jpg)

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންގ އަށް ދިޔަ ފަސް މީހުން މަރުވެފައިވާކަމަށް މައުލޫމާތު ހާމަކުރެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ. އަދި ފެނިފައިވަނީ އެންމެ މީހެއް ކަމަށާއި އެހެންމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 13:45 ގައެވެ. ފުލުހުން ބުނީ މި އެންމެންނަކީ ވެސް އިޓަލީ އަށް ނިސްބަތްވާ މީހުން ކަމަށެވެ.



