-01-40bb8a38.jpg)

މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާގުޅިގެން ސްޓެލްކޯ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދިއެއް ހާމައެއް ނުކުރެއެވެ.



