-01-40bb8a38.jpg)

ދެ ފަޅުވެރިންނާއެކު ދަތުރުކުރި ލޯންޗެއް އެކްސިޑެންޓްވެ، ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ "ޓުއަރ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި ލޯންޗް އެކްސިޑެންޓްވުމާ ގުޅިގެން ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ. އަނިޔާވި މީހުން މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ލޯންޗުގެ ކުރީކޮޅުން އެއްފަރާތް ވަނީ އެއްކޮށް ފުނޑިފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ސަރަހައްދާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.






