-01-40bb8a38.jpg)

ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރުގެ މަޤާމުގައި ހުންނެވި އާދަމް ނަސީރު އިބްރާހީމް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އާދަމް ނަސީރު އިބްރާހީމަކީ މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކުރައްވާފައެވެ.
މަގާމުގެ މަސައްކަތް އާދަމް ނަސީރު ރައީސް އޮފީހުގައި ފައްޓަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އޭނާ އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރަށްވައެވެ.






