-01-40bb8a38.jpg)

މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާ އެއްގޮތަށް، ގައުމީ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަސް މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ އެ އޮޓޯރިޓީގެ ގާނޫނީ ޒިންމާއެއް ކަމަށެެވެ. އެގޮތުން، ފާމަސީ ތަކުގައި ބެހެއްޓުމަށް ލާޒިމު ކުރާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ އިދާރާއިން އިތުރަށް ބުނީ، އެ ލިސްޓް ގިންތި ކުރެވިފައިވަނީ 2 ގްރޭޑަކަށް ކަމަށްވާއިރު، ހުރިހާ ފާމަސީއެއް ގައިވެސް އެގްރޭޑަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން %80 ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.
އަދި މިބަދަލާއި އެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކޮށްފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން 06 މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި،އަދި އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަ ކުރުމުން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.






