-01-40bb8a38.jpg)

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ބިދޭސީ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ތިމަރަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވާތީ، އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ލޯންޗުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް މައްޗަށް އަރަމުންދާއިރު، އެ ސަރަޙައްދުގައި ތިބި މީހުން އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރުވެސް އެ ވީޑިއޯތަކުން ފެނެއެވެ.



