-01-40bb8a38.jpg)

ފާމަސިސްޓުންނަށް ހާއްސަކޮށްގެން ރިފްރެޝާ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނެފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް، ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ކުރަމުންނެވެ. މިދިޔަ މަހު އެކަނި ވެސް 30 ވުރެ ގިނަ ފާމަސިސްޓުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. ސްޓޭޓްފާމާއިން ބުނީ މިފަދަ ތަމްރީނު ކޯސްތަކެއް ކުރިޔަށް ގެންދަނީ މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަމުން ކަމަށެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނީ ފާމަސީ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބަދަލުވުމުގައި މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ކޯސްތައް ހިންގުން ހިމެނެ އެވެ. ކމީގެ ސަބަބުން ދިވެހި ޒުވާނުންނަށް އެކުންފުނީގައި އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ފާހަގަ ކުރި އެވެ.
ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޚާއްސަ ޕޯޓަލެއް މިއަހަރުތެރޭ ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.
-53c70053.jpg)

