-01-40bb8a38.jpg)

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެންޕިއަން އާސެނަލް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވުމުގެ ކުރިން، ބްރެޒިލްގެ ވިންގާ ގެބްރިއަލް މާޓިނެލީ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށްފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި 25 އަހަރުގެ މާޓިނެލީ އަލް ހިލާލަށް ބަދަލުވަނީ 70 މިލިއަން ޔޫރޯ ގެ އަގަކަށް ދެ ކްލަބުގެ ދެމެދުގައި އަނގަބަހުން އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ.
ނިމިދިޔަ 2025/26 ވަނަ އަހަރުގެ ސީޒަނަކީ މާޓިނެލީގެ ކެރިއަރުގައި ވަރަށް ކާމިޔާބު އަދި ބުރަ ސީޒަނެކެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި 53 މެޗު ކުޅެދީފައެވެ. އަދި 2003/04 ވަނަ އަހަރަށްފަހު އާސެނަލުން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުގައިވެސް މާޓިނެލީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ބްރެޒިލްގެ އިޓުއާނޯއިން 2019 ވަނަ އަހަރު އާސެނަލާ ގުޅުނު މާޓިނެލީ ވަނީ އެ ކްލަބުގެ ފުރަތަމަ ޓީމަށް ޖުމްލަ 278 މެޗު ކުޅެދީ، 62 ލަނޑު ކާމިޔާބުކޮށްދީފައެވެ.



-5dcc07c1.jpg)


