-01-40bb8a38.jpg)

ކަސްޓަމްސް ޓެރިފް ޕޭޖުން ނުވަތަ ކަސްޓަމްސް ވެބްސައިޓުގައި އާންމުކޮށް ޕްރޮޑަކްޓަކަށް ކިޔާ ނަން ޖަހާލުމުން އެޗްއެސް ކޯޑާއި، ޑިއުޓީ ރޭޓުގެ އިތުރުން އެކި ޤައުމުތަކުން ވެފައިވާ އެގްރީމެންޓަކުން ރާއްޖެއަށް ލިބޭ އިނާޔަތްތަށް ފެންނާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ގެ އޮފިސަރ ސްޕްރިންޑޭންޓް އަލީ ޒުބެއިރު ވިދާލުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ބައިވެރިވެ ޒުބެއިރު ވަނީ ކަސްޓަމްސް ގެ މައިގަނޑު މަސައްކަތްތަކާއި އެބޭފުޅުންގެ ޒިންމާ ތަކާ ބެހޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.
އެގޮތުން ރާއްޖެ އާއި ޗައިނާ އާ ދެމެދު ވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒުބެއިރު ވިދާޅުވީ، ޗައިނާ އިން ވެފައިވާ އެއްބަސްވުމަށް ބަލާއިރު %95 ކެޑަގަރީތަކަށް އިނާޔަތްތަށް މިހާރު ދެމުން ދާ ކަމަށެވެ.
އަދި ތުރުކީ އެއްބަސްވުމުގައި ރާއްޖެއިން ޑިއުޓީ ކަނޑާލަނީ ގާތްގަނޑަކަށް 400 އެއްހާ ބާވަތަށް ކަމަށާއި، އޭގެ ބަދަލުގައި ތުރުކީއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީ ކަނޑާލެވި ނުވަތަ ކުޑަ ރޭޓެއްގައި ތުރުކީ އަށް އެތެރެކުރުމުގެ އިންތިޒާމް މި އެއްބަސް ވުމުގެ ދަށުން ހަމަޖެހިފައިވާނެ ކަމަށް ޒުބެއިރު ވިދާޅުވިއެވެ.
"މިފަދަ އެގްރީމެންޓެއްގަ ދެން އާންމު އެއްޗަކީ ދެޤައުމުގެ ވިޔަފާރި އިތުރުކުރުން. އިތުރުކުރާއިރުގަ އިނާޔަތް މި ދެނީ އެ ޤައުމެއްގެ އުދެއްދުމަކަށް.މަޤްސަދަކީ އެ ޤައުމެއްގެ މުދާ އެތެރެވުން.މިސާލަކަށް ރާއްޖެއިން ޗައިނާއަށް މުދަލެއް އެތެރެކުރާއިރު ރާއްޖޭގެ މުދަލަށް ށޭ އެ އިނާޔަތެއް ލިބޭނީ" ޒުބެއިރު
ޒުބެއިރު ވިދާޅުވީ މައިގަނޑު ގޮތެއްގައި ޑިއުޓީ އިނާޔަތް ލިބިގެން ދަނީ އެ ޤައުމަކުން އަންން އެ ޤައުމެއްގެ މުދަލުން ކަމަށެވެ.
ޒުބެއިރު ވިދާޅުވީ ކަސްޓަމްސްގެ އެޖެންސީތަށް މެދުވެރިވެގެން އޭޑީބީ އާ އެކު ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކުރެވެމުން ދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތްތާގައި ކަސްޓަމްސް ގެ ބޯޑަރުގެ ކަންތައްތައް ފެންނަނީ ވަރަށް އުޖާލާކޮށްް ކަމަށެވެ.
-071dd457.jpg)


-60392bef.jpg)


