-01-40bb8a38.jpg)

ނޭޝަންސް ލީގުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ކްރޮއޭޝިއާ އަތުން ފަހަތުން އަރައި 2-1 އިން ސްޕެއިން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު ގްރޫޕް އޭ3 ގައި ކުޅުނު ހަތަރު މެޗުން ވެސް ސްޕެއިން ވަނީ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓައި، ބަލިނުވުމުގެ ސިލްސިލާ 42 މެޗަށް ދަމަހައްޓާފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ކާމިޔާބުކުރި ލަނޑުން ކްރޮއޭޝިއާ ކުރިހޯދާފައިވަނިކޮށް، ސްޕެއިނުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ކުޅެން އެރި މިކޭލް މެރީނޯގެ މޮޅު ކުޅުމުންނެވެ. އޭނާ ވަނީ 60 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ޕެރިސިޗަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުގެ ފައިދާ ނަގައި، 88 ވަނަ މިނެޓުގައި މެރީނޯ ވަނީ ސްޕެއިން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
-4f35f958.jpg)





