-01-40bb8a38.jpg)

އިންގްލެންޑްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ހެދި ހެރީ ކޭން ޖެހި ޕެނަލްޓީއާއެކު، 2-1 އިން ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑުން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އިންގްލެންޑްގެ ޖާޒީގައި ކޭން ކުޅުނު 126 ވަނަ މެޗެވެ. މި މެޗު ފެށުމުގެ ކުރިން، ބެލޮންޑިއޯ ކާމިޔާބުކުރި ކޭންގެ މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ހަފުލާއެއް ވަނީ ބާއްވާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މޯގަން ރޮޖާސް ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޕީޓާ ސުސިޗް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އިންގްލެންޑް މޮޅުވި ލަނޑު، މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކޭންއެވެ. މިއީ އިންގްލެންޑް ޤައުމީ ޓީމަށް އޭނާ ޖަހައިދިން 92 ވަނަ ލަނޑެވެ. މި މޮޅާއެކު ގްރޫޕުގެ އެއްވަނަ ހޯދުމަށް އަންނަ އާދީއްތަ ދުވަހު މެޑްރިޑުގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށް އިންގްލެންޑް ނުކުންނާނެއެވެ.
-4f35f958.jpg)





