-01-40bb8a38.jpg)

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދާ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ ޖުމްލަ 6 ޖެޓީއެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް 18.98 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ޖުމްލަ 15 މީޓަރުގެ މި ޖެޓީތަކަށް ބޭނުންވާ ތަނބުތަކުގެ މަސައްކަތް އެމްޓީސީސިން މިހާރު ވަނީ ފަށާފައެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި މި މަސައްކަތް އަންނަ ހަފްތާގައި ނިންމާލެވޭ ވަރުވާނޭ ކަމަށާ މި ބަނދަރުތަކުގެ މަސައްކަތް ނިމުމުން ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބޭނެއެވެ.
މިޖެޓީތަކުގެ މަސައްކަތް ނިމުމުން ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި ހުންނަ ލޯންޗުތައް ހުރަސްކޮށް ދާން ޖެހޭ އުދަނގޫ ހާލަތަށް ނިމުމެއް އަންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އަދި ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ލިބޭނެ ކަމަށާއި،
އެމްޓީސީސީއިން އިތުރަށް ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ގިނަ އުޅަނދުތަކަކަށް އެއް ފަހަރާ ޖެޓީއާ ކައިރިކުރެވި، ދަތުރުވެރިން އެރުމާއި ފޭބުމުގެ ރައްކާތެރިކަންވެސް ބޮޑުވެގެންދާނެ ކަމަށެވެ.






