-01-40bb8a38.jpg)

އެއް މަސައްކަތްކުރާ ސަރުކާރުގެ ކުންފުނިތައް އެއްކޮށްލުމުން މެޝިނަރީއާއި، އާލާތްތަކުގެ އިތުރުން ފަންނީ މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވާނެކަމަށް އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ ޓީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ އެއްކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
މި މައުލޫ އަށް އިތުރަށް ވާހަކަދައްކަވަމުން، މުބީން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަކީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން، ކުންފުންޏެއްގެ މެނޭޖްމަންޓްގެ ތަޖުރިބާއާއި ޒިންމާތަކަކީ އެ ކުންފުންޏެއްގެ ބޮޑުމިނާ މަސައްކަތުގެ ބާވަތާ އެކަށީގެންވާ ކަންކަމަށް ވާންޖެހޭ ކަމެއް ކަމަށް ވެސް މުބީން ފާހަގަކުރެއްވެވިއެވެ. އަދި އެކި ފަންތީގެ ކުންފުނިތައް ހިންގުމުގައި ތަފާތު ހުންނާނެ ކަމަށާއި ގިނަ ވަސީލަތްތަކާ އެކު ބޮޑު ކުންފުނިންޏެއް ހިންގުމަމީ މަސައްކަތް ހަލުވިކޮށްދޭނެ ކަމެއް ކަމަށް ވެސް މުބީން ވިދާޅުވި އެވެ.






