-01-40bb8a38.jpg)

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދިވެހި ސިޔާސީ ތާރީޚުގައި އާ ރެކޯޑެއް ހަދައި، މުޅި ރާއްޖޭގެ ތާރީޚުގައި ވެސް އެއް ލައްކަ (100،000) މެންބަރުން ހަމަކުރި ފުރަތަމަ އަދި ހަމައެކަނި ސިޔާސީ ޕާޓީގެ މަޤާމު ހޯދައިފިއެވެ.
މި ކާމިޔާބީއާއެކު ޕީއެންސީ ވެފައިވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ މެންބަރުން ގިނަ، އެންމެ ބިޔަ ބޮޑު ސިޔާސީ ޕާޓީއަށެވެ. ޕާޓީގެ މެންބަރުންގެ ޢަދަދު މި މިންވަރަށް އިތުރުވެގެން ދިއުމަކީ، ޕާޓީގެ ސިޔާސަތުތަކަށާއި ލީޑަރޝިޕަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި އިތުބާރު ހާމަވެގެންދާ ކަމެކެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމުން ޕާޓީގެ ސަޕޯޓަރުންނާއި މެންބަރުން ދަނީ މި އުފާ ފާޅުކުރަމުންނެވެ. ޕާޓީގެ މެންބަރުން އިތުރުކުރުމަށް ހިންގުނު ޙަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު މި ކާމިޔާބީއަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕީއެންސީގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.






