-01-40bb8a38.jpg)

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިއެވެ.
މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރި ގޮތުގައި މި ބަދަލުތަކުގެ ދަށުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ވަނީ އެ ކޮމިޓީއަށް ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށްވެސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން އެ ކޮމިޓީގައި ތިއްބެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ ބަދަލުގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވަނީ އެ ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.






