-01-40bb8a38.jpg)

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ލިލް އަތުން 2-1 އިން ބަލިވެ، މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމަށް ބަޔާން މިއުނިކް ކުރަމުން އަންނަ އުންމީދުތަކަށް ބޮޑު ހުރަހެއް ކުރިމަތިވެއްޖެއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ޑަޔޮޓް އުޕަމެކާނޯ ބޮލުން ކާމިޔާބުކުރި ލަނޑާއެކު ބަޔާން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. ނަމަވެސް، ދެވަނަ ހާފުގައި މޮޅަށް ކުޅެ ލިލް އިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ނޭތަން އެންގޯއީ ތަނަވަސްކޮށްދިން ފުރުސަތަކުން އިޔާސޭ އުއެޑާއެވެ. އޭގެ ތިން މިނެޓު ފަހުން، ލިލް އަށް މެޗުގެ ލީޑު ލިބުނީ ބަޔާންގެ އަލެކްސަންޑަ ޕަވްލޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި މެޗުން ބަލިވި ނަމަވެސް، ބަޔާން ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 26 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑު ދަމަހައްޓާފައެވެ. ނަމަވެސް، ޑިފެންސަށް ހެދޭ ގޯސްތަކުގެ ސަބަބުން ކޯޗު ވިންސެންޓް ކޮމްޕެނީގެ ޓީމަށް ވަނީ ކުރިއަށް ދިއުމުގައި ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ މި ސީޒަނުގެ ޔޫރަޕްގައި ލިލް ހޯދި ފުރަތަމަ މޮޅެވެ.





-2bfd3eec.jpg)
