-01-40bb8a38.jpg)

ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދު (އިއްބެ)ގެ ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު މާލޭގެ ސަލްމާން މިސްކިތުގައި ކުރިއަށް ދާނެއެވެ.
އިއްބެ (39އ) ގެއްލުނީ، މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ހުވަދޫ ކަނޑަށް އަޑިއަށް ގޮސް ބަންޑުން ޖަހާލި ސަޕްލައި ދޯނި ހާދިސާއާ ގުޅިގެން ދޯންޏާއި މުދާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަކާއި ދޯނީގެ ދިވެހި ކެޕްޓަން ވެސް ވަނީ ގެއްލިފައެވެ.
އިއްބެ އަކީ ސިފައިންގެ ހިދުމަތުގައި 19 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
އިއްބެ ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހެވެ.
އެމްއެންޑީއެފުން ކުރިން ވިދާޅުވި ގޮތުގައި ގެއްލުނު ތިން މީހުން ފެނުމުގެ ފުރުސަތު ކުޑައެވެ. އެއީހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުން ވާނެ ކަމަށް ބެލެވޭތީ އާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނަކަށް ނުވާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގިތާ މިހާޜު 3 މަސް ވެފައިވާއިރު ، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 16 އޮގަސްޓް 2026ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.


-effcc7fd.jpg)



