-01-40bb8a38.jpg)

ވ. ރަކީދޫ ރައްޔިތުން ރަށުން ފައިބަން ބޭނުން ނުވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
މެންދުރު ޓީވީގެ "މައުޝޫއު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެރަށު ކައުންސިލް ރައީސް އަބްދުﷲ ޒަމީރު ވިދާޅުވީ ރައްޔިތުން ރަށުން ފައިބަން ބޭނުން ނުވާތީ ރަކީދޫގައި 9.24 ހެކްޓަރުގެ ބިން ހިއްކުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޒަމީރު ވިދާޅުވީ ބިން ހިއްކުމާއެކު ރަށުގެ އާބާދީ އިތުރުވެ، އިތުރަށް ގޯތި ދޫކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން އިންވެސްޓަރުން ލިބި ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމުގެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށުގެ އިގްތިޞާދީ ހަރަކާތްތައް ފުޅާވެ، ކައުންސިލަށް އަމިއްލައަށް އާމްދަނީ ލިބެން ފެށުމުން، ސަރުކާރުން ދޭންޖެހޭ ގްރާންޓަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. ރަކިދޫ މީހުން އެދޭނަމަ މާލޭ ކައިރީ އެހެން ރަށަކަށް އެ ރަށު ރައްޔިތުން ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.