-01-40bb8a38.jpg)

ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ކެމެރާ ހަރުކުރުމަށް ޖުމްލަ 76 ކެމެރާ ހޯދުމަށް އަތޮޅު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެގޮތުން، ފުލިދޫއަށް 24 ކެމެރާ، ކެޔޮދުއަށް 16 ކެމެރާ، ފެލިދޫއަށް 16 ކެމެރާ، ތިނަދޫއަށް 12 ކެމެރާ އަދި ރަކީދޫގައި 8 ކެމެރާ ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.
މި މަޝްރޫޢަކީ އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއްކަމަށް ކައުންސިލުން ބުނެއެވެ.
އަތޮޅު ކައުންސިލުން މިކަމަށް ކުރި އިޢުލާނުގެ މުއްދަތު 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަނީ އިތުރުކޮށްފައެވެ. މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
ހުރިހާ ރަށެއްގައިވެސް ކެމެރާ ހަރުކުރުމަށް ހަމަޖެހިފައިވަނީ ބަނދަރުގައެވެ.