-01-40bb8a38.jpg)

ފެން ބޮޑުވުމުގެ ސަބަބުން މިއަދުން ފެށިގެން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ފިޔަވަޅު އެޅީ ވަޅުކޮނުމުން 6 އިންޗިއާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހުރުމާ ގުޅިގެން ކަމަށެވެ.މިކަމާ ގުޅިގެން ހުޅުމާލޭގައި މައްޔިތުން ވަޅުލުމުގެ ބަދަލުގައި، މިހާރު އެ ކަންކަން ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައި ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ބޯކޮށް ވާރޭވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ.