-01-40bb8a38.jpg)

ރާއްޖެ ކައިރިއަށް 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްިފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، އެ ބިންހެލުން އައީ ރާއްޖެއާ 912 ކިލޯމީޓަރު ކައިރީގައި އޮންނަނ ކާލްސްބާގް ރިޖް އަށެވެ. އެ ބިންހެލުން އައީ މިއަދު މެންދުުރު 1:38ގައެވެ.
އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ކާލްސްބާގް ރިޖް އަށް ހަތަރު ބިންހެލުމެއް އައިސްފައިވެއެވެ. އެގޮތުން އޭރު އައި އެންމެ ބާރުގަދަ ބިންހެލުމަކީ 5.5 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.






