-01-40bb8a38.jpg)

ޙާފިޡުންގެ ދަސްވެނިވުމުމުގެ ޤައުންއިން ދައްކައިދެނީ އިސްލާމީ ތާރީޚާއި ޝަރަފްވެރިކަމެވެ.
މިރޭ ބޭއްވުމަށް ތައްޔާރުވެފައިވާ ޙާފިޡުންގެ ދަސްވެނިވުމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ޖަލްސާއެވެ. މިއީ ފަޚުރާއި ޝަރަފްވެރި ޖަލްސާއެކެވެ. ތާރީހުގައި ލިޔެވިގެންދާނެ ޖަލްސާއެކެވެ.
މިރޭ މި ޖަލްސާގައި 24 ޙާފިޡުން ދަސްވެނިވުމަށް ހަމަޖެހިފައިވާއިރު، ޙާފިޡުންގެ ގައުންއަކީ މިކަމަށް ފަރުމާކޮށްފައިވާ ހާއްސަ ގައުންއެކެވެ.
ޙާފިޒުންގެ ދަސްވެނިވުމުގައި ބޭނުންކުރާ (ގައުނު އަދި ތާކިހާ) ތައްޔާރު ކޮށްފައިވަނީ ދިވެހިންގެ ދީނީ ޢަޤީދާއާއި އެބައިމީހުންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި ޤުރްއާންގެ ޢިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރުމިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަޞްލަކަށް ބަލައިގެން ދިވެހި ސަޤާފަތާއި ތާރީޚާއި ޢިލްމީ ޙަޟާރަތު ރަމްޒުވާގޮތުގެ މަތިންނެވެ.
މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ސަޤާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.