-01-40bb8a38.jpg)

ތ.ކަނޑޫދޫ ސްކޫލުގައި، ދަރިވަރެއްގެ އިނގިލި ބިންދާލައި އަނިޔާކުރިކަމަށްބުނާ ޓީޗަރު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި މިއަދު ފުލުހުން ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލާގައި ތުހުމަތުވާ ބިދޭސީ ޓީޗަރަކީ އިންޑިޔާއަށް ނިޞްބަތްވާ ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނެވެ. އެދަރިވަރަށް ތ.ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



