logo
E-Platinum
ޚަބަރު

ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފި

ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފި

ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާއެއްޗެހި ފޮޅާ ސާފުކުރަންއުޅޭ ބިދޭސީންނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 07 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ މި 07 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.

މީގެއިތުރުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަން "ކުރަނގި"ގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ.

މިހާތަނަށް އެއްލައްކައަށާްވުރެ ގިނަ ބިދޭސީ މަސައްކަތްތެރީންގެ ބައޯމެޓްރިކްސް އަދާހަމަކުރެވިފައިވާ އިމިގްރޭޝަނުން ވަނީ ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފި ޚަބަރު | 6 ދުވަސް ކުރިންމިނިވަން ދުވަހާގުޅިގެން ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ޚަބަރު | 6 ދުވަސް ކުރިންގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ އިތުރު 9 ބިދޭސީއަކު ހައްޔަރުކޮށްފި ޚަބަރު | 10 ދުވަސް ކުރިން